ކްރަސްޓް އަކީ ދުނިޔޭގެ އެންމެ ބޭރު ތޮށި
ފަށަލަ ނުވަތަ އިންސާނުން ދިރިއުޅެމުންމިގެންދާ ފަށަލައެވެ. އެއީ އާނުގަނޑާއެކު އޮންނަ ހަރު ގައު ފަށަލައެވެ. ކްރަސްޓް އޮންނަނީ
އޭގެ އަޑިއަށް އޮންނަ ފަށަލަ މެންޓެލްގެ މަތީގައި ވަކި ހިފެހެއްޓުމެއް ނެތިއެވެ.
މިފަށަލައިގެ ބޯމިން 100 ކިލޯ މީޓަރ ވާރުވާނެއެވެ.
މެންޓެލް އަކީ 2800 ކިލޯ މީޓަރ ބޯމިނުގެ
ވިރިކެކޭ ހޫނު ގައު ފަށަލައެކެވެ. މިފަށަލައިގެ ހޫނުގަދަކަމުންގޮސް ގާތައް މިށަލައިގެ ގައުތައް ހުންނަނީ ވިރިކެކޭ ގަލަށްވެފައެވެ. މިވިރިކެކޭ ގަލަށް ކިޔަނީ :މެގްމާ"Magma އެވެ.
އުޓާރ ކޯރ އަކީ ދުނިޔޭގެ އެންމެ އެތެރެބައިގެ ބޭރުން އޮންނަ ފަށަލައެވެ. މިފަށަލައިގެ ބޯމިނަކީ 2200 ކިލޯ މީޓަރެވެ. މިފަށަލަ އުފެދިފައިވަނީ ވިރިފައިވާ މައުދަނުންނެވެ.
އިނަރ ކޯރ އަކީ ދުނިޔޭގެ އެންމެ އެތެރޭގެ ބައެވެ. މިބައި އެންމެ ވައްތަރީ ހަރު މައުދަނުގެ ގުޅައަކާއެވެ. ނުވަތަ
އޮށަކާއެވެ. މިބައި އިރުގެ ބޭރުފަށަލައާއި އެއްވަރަށް ހޫނު ގަދައެވެ.
No comments:
Post a Comment