ބަހަވީ ޢިލްމުގެ
ތެރެއިން ''ސެމެންޓިކްސް''
ފެށުން:
ލިންގުއިސްޓިކް ޢިލްމުގެ ތެރޭގައި ހިމެނޭ ''ސެމެންޓިކްސް''
އަކީ ބަސް ދިރާސާ ކުރުމުގައި ނުހަނު މުހިއްމު
ޢިލްމެކެވެ. އަދި މިއީ އިންސާނުން މުވާޞަލާތު ކުރުމަށް ބޭނުންކުރާ ބަސްތަކުގެ ޖުމްލައިގާ
ނުވަތަ ލަފުޒުގައި އެކުލެވިގެންވާ މާނަ ދެނެގަތުމުގެ ޢިލްމެވެ. އެހެނީ ޢަބްދުލްޢަޒީޒު
ޖަމާލު އަބޫބަކުރު (2011) ހާމަކުރައްވާ ގޮތުގައި އިންސާނާ ވާހަކަދެއްކުން ހަމަޖެހިފައި
އޮންނަނީ އޭނާގެ އަޑުގެ ޒަރީޢާއިން އުފައްދާ އަޑުތަކުން އުފެދޭ ލަފުޒުތައް ބޭނުންކޮށްގެން އުފައްދާ ޖުމްލަ ނުވަތަ ޖުމްލަތަކުން ހާމަވާ މާނައިގެ މައްޗަށެވެ. މި މާނަ
ދިރާސާކުރަނީ "ސެމެންޓިކްސް"ގެ އެހީގައެވެ. ވުމާއެކު
މި މަޒުމޫނުގައި ބަލައިލާނީ ލިންގުއިސްޓިކް
ޢިލްމުގެ ދާއިރާތަކުގެ ތެރެއިން ''ސެމެންޓިކްސް'' އަކީ ކޮބައިކަމާއި، ލަފުޒުގެ
މާނައާއި، ލަފުޒުތަކާއި ޖުމްލަތަކުން
ދޭހަވާ މާނައާއި ރެފަރެންޝަލް މާނައާއި، ސޯޝަލް މާނައާއި، އަދި އެފެކްޓިވް މާނައަކީ
ކޮބައިކަން އޮޅުންފިލުވައިދިނުމުގެ މައްޗަށެވެ.
ސެމެންޓިކްސް:
ބަހަކުން ވާހަކަދައްކާ ކޮންމެ އިންސާނެއްގެ ސިކުނޑީގައިވެސް އެތައް ލަފުޒަކާއި އޭގެ މާނަ ރައްކާ ކުރެވިފައި ވެއެވެ. މިހެންވުމުން ރަދީފުތަކެކޭ އެއްގޮތަށް، އިންސާއަކީ ދިރިހުރި ރަދީފެއް ކަމުގައި ބައެއްމީހުން ސިފަކުރެއެވެ. އެގޮތުން އިންސާނާއަށް އެތައް ލަފުޒެއްގެ މާނަ އެނގޭތީ، ކޮންމެ އިންސާނަކުވެސް އޭނާގެ އެންމެހައި ކަންކަން ކުރިއަރުވައި ތަރައްޤީ ކުރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަނީ މުވާޞަލާތުކުރުންކަމީ އެންމެނަންމެ އެނގޭ ޙަޤީޤަތެކެވެ. އެގޮތުން އެލަން (1991) ހާމަކުރައްވާފައިވާ ގޮތުގައި "ސެމެންޓިކްސް" އަކީ އިންސާނުން މުވާޞަލާތުކޮށް އުޅޭ ބަސްތަކުގައި ހިމެނޭ ލަފުޒުތަކާއި ޖުމްލަތަކުގެ މާނަ ދިރާސާކުރުމުގެ ޢިލްމު ކަމުގައެވެ. ހަމައެހެންމެ، މި ޢިލްމުގައި ބަލާނީ ބޭނުންކުރާ ބަހެއްގެ ލަފުޒުތަކާއި ޖުމްލަތައް މާނަކުރާނޭ ގޮތުގެ މައްޗަށްކަމަށް އެޑްވަރޑް ފިނެގަން (1999) ބަޔާންކުރައްވައިފައިވެއެވެ. ވުމާއެކު ސެމެންޓިކްސްގެ މައިގަނޑު އެއްމަޤުޞަދަކީ ބަހަކުން ދޭހަވާ މާނަ، ތަފާތުކޮށް ދެނެގަންނަން އެނގުމެވެ. އެހެންކަމުން މި މިސާލުތަކަށް ބަލައިލަމާ ހިނގާށެވެ.

މިސާލަކަށް:
1.
ސާރިޔާއާއި ސަލީމު ކައިވެނި ކުރަން
ނިންމިކަމަށް ބުނެފިއެވެ.
2.
ސާރިޔާގެ ބައްޕަ ނުރުހުންވެއްޖެއެވެ.
3.
އަވަހަށް ތިޔަކަން ހުއްޓާލުމަށް
ސާރިޔާގެ ބައްޕަ ބުނެފިއެވެ.
4.
ސާރިޔާގެ ލޮލުގައިވާ ރުޅިވެރިކަމާއި
މޫނުމަތީގައިވާ ސާބިތުކަން ފެނުމުން ބައްޕަ ހައިރާންވުމާއެކު މޮޅިވެރި ރާގަކަށް
ބުންޏެވެ.
5.
ބައްޕަމެން ދަރިފުޅުދެކެ ލޯބިވެއެވެ.
6.
ސަލީމާއެކު އުފާވެރި ޙަޔާތެއް
ވޭތުކުރެވިދާނެ ކަމަށް، ސާރިޔާ ކަށަވަރުކޮށް ދީފިއެވެ.
7.
މަންމައާއި ބައްޕަ ހިތްހެޔޮކޮށް
ސާރިޔާގެ ކައިވެންޏަށް އިޒުނަ ދީފިއެވެ.
މި ހުރިހާ ޖުމްލައަކީވެސް ބުއްދި ޤަބޫލު ކުރެވޭފަދަ
ޖުމްލަތަކެކެވެ. މިއިން ކޮންމެ ޖުމްލައަކުންވެސް މާނައެއް އެބަ ދޭހަވެއެވެ. ފުރަތަ
ޖުމްލައާއި ފަސްވަނަ ޖުމްލައާއި ހަވަނަ ޖުމްލަ އަދި ހަތްވަނަ ޖުމްލައިގާ ވަނީ ތެދު
މަޢުލޫމާތުކަން އެނގެއެވެ. އަދި އެޖުމްލަ ތަކުގައި ވަނީ އެއްގޮތް މާނަ ތަކެއްކަން
ދޭހަވެވެ. ފުރަތަމަ ޖުމްލައިގެ ތެދުކަން ހާމަވަނީ ''ކައިވެނި'' އަދި ސާރިޔާއާއި
ސަލީމު މިލަފުޒު ތަކުންނެވެ. ފަސްވަނަ ޖުމްލައިގެ ތެދުކަން ހާމަވަނީ ''ލޯބިވޭ''
އަދި ސާރިޔާއާއި ސަލީމް އަދި ބައްޕަ މިލަފުޒު ތަކުންނެވެ. ހަވަނަ ޖުމްލައިގެ
ތެދުކަން ހާމަކޮށްދެނީ ''އުފާވެރި،
ކަށަވަރު'' އަދި ސަލީމްއާއި
ސާރިޔާ މިލަފުޒު ތަކުންނެވެ. ދެވަނަ ޖުމްލައާއި ތިންވަ އަދި ހަރަރުވަނަ ޖުމްލައިގެ
ތެދުކަން ހާމައެއް ނުކޮށްދެއެވެ. ވުމާއެކު ބަހަވީ ޢިލްމުގައި ހިމެނޭ ''ސެމެންޓިކްސް'
އަށް ނަޒަރު ހިންގާލާއިރު ޙަޤީޤަތުގައި ބަލާލެވިފައި ވަނީ މިބާވަތުގެ ފެންނަން
އޮންނަ މާނައަށް ކަމުގައި ބެލެވެއެވެ. އެހެންކަމުން ސާދާ ޖުމްލައަކުން ''ސެމެންޓިކްސް'' ތަޢާރަފް ކުރާނަމަ ބުނެވޭނީ
''ސެމެންޓިކްސް'' އަކީ ލިންގުއިސްޓިކް ޢިލްމު ބެހިގެންވާ މުހިންމު ބައިތަކުގެ ތެރެއިން ޖުމްލައާއި ލަފުޒުގެ މާނަ
ދިރާސާކުރުމުގެ މުހިއްމު އެއްބައި
ކަމާއި މާނަ
ދިރާސާކުރުމާ ބެހޭ ޢިލްމު ކަމުގައެވެ.
ލަފުޒުގެމާނަ:
އިންސާނުން މުވާޞަލާތުކުރަން ބޭނުންކުރާ ހުރިހާ ބަސްތަކެއްގައި ބޭނުންކުރާ ޖުމްލަތަކުގައި ލަފުޒު މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން ހިމެނެނީ މައިގަނޑު ގޮތެއްގައި ދެ ވައްތަރެއްގެ ލަފުޒެވެ. އެއީ މަޢުލޫމާތުގެ ނުވަތަ އޮއްޓަރުގެ ލަފުޒާއި އެހީތެރިވެދޭ ނުވަތަ މަސައްކަތުގެ ލަފުޒެވެ. ކެނެތް ބެއަރ (2015) ވިދާޅުވާގޮތުގައި އޮއްޓަރުގެ ލަފުޒުތަކަކީ ޖުމްލައެއްގައިވާ އެންމެ މުހިންމު މަޢުލޫމާތު އެކުލެވޭ ލަފުޒުތަކެވެ. ބްރިޓިޝް ކައުންސިލް (އނ)، ރިޗަރޑް ނޯޑްކުއިސްޓް (2015) އަދި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ދެކެލައްވާގޮތުގައި އޮއްޓަރެއް ނުވަތަ މާނައެއް ދޭހަވާ ނުވަތަ މާނައެއް އެކުލެވޭ ކޮންމެ ލަފުޒަކީ އޮއްޓަރުގެ ލަފުޒެކެވެ. މީގެ އިތުރުން ވިލިއަމް ކޮލިންސް ސަންސް (2012)، ލައުރާ (2012)، މައި އިންގްލިޝް ޕޭޖު(މއޕ) (2015) ހާމަކުރައްވާ ގޮތުގައި އޮއްޓަރުގެ ލަފުޒަކަށް އެ ލަފުޒުވަނީ ލަފުޒު ވަކިން މިނިވަންކަމާއެކު އޮންނައިރު އޭގައި އޮއްޓަރެއް ނުވަތަ ފުރިހަމަ މާނަ ދޭހަވާނަމައެވެ. މީގެ އިތުރުން އެޑްވަރޑް ފިނެގަން (2008) ހާމަކުރައްވާގޮތުގައި އޮއްޓަރުގެ ލަފުޒަކީ، އެލަފުޒެއްގެ ބޭރުފުށަށް ބަލާއިރު ލަފުޒުގެ ބޭރުފުށުން މާނައެއް ފެންނަން އޮންނަ ލަފުޒެވެ. އަދި ހަމައެހެންމެ ބޭރުފުށުގެ މާނައާއެކު ޝުޢޫރެއްވެސް ހާމަވާން އޮންނާނެކަމަށް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ދެކެލައްވައެވެ. އެހެންކަމަށްވުމާއެކު އޮއްޓަރުގެ ލަފުޒަކީ އެހެން ލަފުޒެއްގެ އެހީތެރިކަމަކާ ނުލައި އެލަފުޒެއްގެ ޒާތުގައި ބޭރުފުށުން ފުރިހަމަ މާނައެއް ފެންނާން އޮތުމާއެކު، މުހިއްމު މަޢުލޫމާތެއް އެކުލެވޭ ލަފުޒުތަކޭ ބުނެވިދާނެއެވެ. އޮއްޓަރުގެ ލަފުޒުގެ ތެރޭގައި ހިމެނެނީ ނަމާއި، ކަމާއި، ނަންއިތުރާއި، މަސްދަރާއި ނަންއިތުރުގެނަމާއި މިހެންހުރި ލަފުޒުތަކެވެ. އެގޮތުން މިސާލަކަށް ސެމެންޓިކް ނަޒަރުން ''އަންހެން'' ލަފުޒުތަކަށް ބަލައިލަމާތޯއެވެ.

ސާރިޔާ
|
މަންމަ
|
ދައްތަ
|
ކަނބުލޮ
|
+އަންހެން
|
+އަނަހެން
|
+އަންހެން
|
+އަންހެން
|
+އިންސާނެއް
|
+އިންސާނެއް
|
+އިންސާނެއް
|
+އިންސާނެއް
|
+ބެލެނިވެރިފަރާތެއް
|
+ބޮޑު
އަންހެނެއްކަން
|
މިޔާ ޚިލާފަށް
މަސައްކަތު ލަފުޒަކީ އެލަފުޒެއް
އެކަނި އޮންނައިރު ވަކި މާނައެއް ދޭހަވާ ލަފުޒެއް ނޫނެވެ. މިފަދަ ލަފުޒަކުން ނޫނީ ލަފުޒުތަކުން މާނައެއް ދޭހަވާނީ އޮއްޓަރުގެ ލަފުޒަކާ ގުޅިގެން އައުމުންނެވެ. މި ލަފުޒުތަކަކީ ދިވެހި
ބަހަށަ ބަލާނަމަ ޢާއްމުގޮތެއްގައި
އަކުރުގެ މާނަ ދީފައިވާ ލަފުޒުތަކެވެ. އިޝާރާތުގެ ބަސްތައްފަދަ މަސައްކަތުގެ
ލަފުޒުތަކަކީ ފަންގްޝަނަލް ނުވަތަ
މަސައްކަތުގެ
ލަފުޒުގެ ގޮތުގައި ބެލެވޭ، ލެއްޕިފައިވާ ލަފްޒުތައްކަމަށް ޖޯޖް ޔޫލޭ (2008) ބަޔާންކުރައްވައެވެ. އަދި އެޑްވަރޑް
ފިނެގަން (2008) ގެ ޚިޔާލުފުޅުގައި މަސައްކަތުގެ
ލަފުޒަކީ ބަހުގެ ތެރެއަށް އިތުރު
ކުރެވޭނެ
ލަފުޒުތަކެއް ނޫނެވެ. މިއީ އިތުރު ވުމުގެ ފުރުސަތު ބަންދުވެފައިވާ ލަފުޒުތަކަކަށްވާތީ “ކޮލޯސްޑް ކްލާސް ވޯޑް” ނަމުން އޭނާ
މިލަފުޒުތަކަށް ނަން ދެއްވައެވެ. މިގޮތުން އެކިބޭފުޅުންގެ
ނަޒަރުގައި މަސައްކަތުގެ ލަފުޒުގެ ތަޢާރަފަކީ ކޮބައިތޯ ބަލައިލާއިރު، އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011) ލިޔުއްވަނީ މަސައްކަތުގެ ލަފުޒަކީ
ވަކިން އޮންނައިރު ކަނޑައެޅިގެން
ވަކި މާނައެއް ދޭހަ ނުކުރެވޭ ލަފުޒުގެ ގޮތުގައެވެ. މީގެ މާނައަކީ އެއީ މާނަ ފުރިހަމަނުވާ ލަފުޒުތަކެވެ. މި ލަފުޒަށް
ދެވިފައިވާ ނަމުންވެސް ދޭހަކުރެވޭ ފަދައިން އެއީ
ޖުމްލައިގާ މަސައްކަތެއް އަދާކޮށްދޭ
ލަފުޒުތައްކަމަށް
ލައުރާ (2012) ހާމަކުރައްވައެވެ. މިބޭފުޅުންގެ ތަޢާރަފުތަކުން ދޭހަވެގެންދަނީ
އޮއްޓަރުގެ ލަފުޒާއި ޚިލާފަށް މަސައްކަތުގެ
ލަފުޒުތަކުގައި ކަނޑައެޅިގެން ވަކި
މާނައެއް
އެކުލެވިފައި ނުވާކަމާއި ޖުމްލައިގާ މަސައްކަތެއް ނުވަތަ އެހީއެއް ފޯރުކޮށްދޭ ލަފުޒުތަކަކީ މަސައްކަތުގެ ލަފުޒު
ކަމުގައެވެ. މިސާލަކަށް: އަށް، އިން، ފަހަރު، އަކީ، އެވެ، ވެސް މިގޮތަށް ހުރި ލަފުޒުތަކެވެ. މިފަދަ ލަފުޒުތައް
އޮއްޓަރުގެ ލަފުޒަކާ ގުޅުވައި ޖުމްލައިގެ މާނަ ފުރިހަމަ ކޮށްދިނުމަށް އެހީތެރިވެދެއެވެ. މިފަދަ ކޮންމެ
ލަފުޒަކީވެސް އެހެން ލަފުޒަކާ ގުޅިގެން
ޖުމްލައެއްގައި
ހިމެނިއްޖެނަމަ ފުރިހަމަ މާނަ ދޭހަވާ ލަފުޒުތަކެވެ. މިފަދަ ލަފުޒުތަކަށް
މަސައްކަތުގެ ލަފުޒޭ ކިޔެނީ މި ސަބަބަށްޓަކައެވެ
(ރަޝީދާ ޙަސަން، 2012). އެގޮތުން ޖުމްލަގޮތެއްގައި އެކުލެވޭ މަސައްކަތުގެ ލަފުޒަކީ
ފުރިހަމަ ޖުމްލައެއް އެކުލަވާލުމުގައި
ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މަސައްކަތުގެ ލަފުޒަކީ އޭގެ ޒާތުގައި މުސްތަޤިއްލު
މާނައެއް ދޭހަވާން ނުހުންނަ
ލަފުޒުތަކެވެ. މިލަފުޒުތަކުގެ ދައުރަކީ އޮށްޓަރުގެ ލަފުޒުތަކަށް އެހީތެރިވުމެވެ. އެހީތެރިވަނީ ހުރިހައި ލަފުޒެއް ގުޅިގެން
އުފެދޭ މުވާސަލާތުގެ ޔުނިޓެއްގައި ޚާއްޞަ
މާނައެއް އުފައްދައި ދިނުމަށެވެ. އަދި
މަސައްކަތުގެ
ލަފުޒުތަކަކީ އެކަހެރިކޮށް އޮންނައިރު ފުރިހަމަ މާނައެއް ދޭހަ ނުވިޔަސް، ފުރިހަމަ ޖުމްލަތައް
އެކުލަވައިލުމުގައި ވަރަށް މުހިއްމު
ދައުރެއް
އަދާކުރާ އެއްޗެއްވެސް މެއެވެ. އެހެން ގޮތަކަށް ބުނާނަމަ މަސައްކަތުގެ ލަފުޒަކީ ވަކިން އޮންނަ އިރު އެ ލަފުޒުން މިނިވަން ވަކި މާނައެއް ދޭހަނުވާ ލަފުޒުތަކެވެ.
މިފަދަ ލަފުޒުތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ ސިންޓެކްސްގެ
މަސައްކަތެވެ. ލިންގުއިސްޓިކް ޢިލްމުގެ ތެރެއިން ސެމެންޓިކްސް އަދާކޮށްދޭކަމަކީ މިފަދަ މާނަތަކާ ބެހޭ ހޯދުންތައް ހޯދުމެވެ.
ސެމެންޓިކްސްގެ މައިގަނޑު އެއް
މަޤްޞަދަކީވެސް
ބަހަކުން ދޭހަވާ މާނަ ތަފާތުކޮށް ދެނެގަންނަން އެނގުން ކަމަށް އާމިނަތު ޢަލީ (2001) ހާމަކުރައްވައެވެ. އެހެންކަމުން ބަހުގެ ބޭނުމާއި
ލަފުޒުގެ ދައުރަށް ބަލާއިރު އެއީ އަމިއްލަ
ޒާތުގައި މާނަދޭހަވާ ލަފުޒުތަކާއި، އެހެން
ލަފުޒުތަކާ
ގުޅިގެން މާނަ ދޭހަވާ ގޮތަށް ހުންނަ ލަފުޒު ކަމުގައި ޤަބޫލުކުރެވެއެވެ.
ޖުމްލައިގެމާނަ:
ވާހަކަދައްކާ ކޮންމެ ބަހެއްގައިވެސް ހިމެނޭ ލަފުޒުތަކާއި ޖުމްލަތަކަކީ ގުޅި ލާމެހިފައިވާ އެއްޗެކެވެ. އެގޮތުން ކޮންމެ ޖުމްލައަކީ ލަފުޒުތަކަކުން އުފެދިފައިވާ ލަފުޒު ސެޓެކެވެ. އެހެންނަމަވެސް ކޮންމެ ލަފުޒު ސެޓަކީ ޖުމްލައެއް ނޫނެވެ. ޖުމްލައަކަށްވަނީ ލަފުޒުތަކުން ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް ޖުމްލައިގާ އަތުރައި ތަރުތީބު ކޮށްލެވުމުންނެވެ. އެހެންކަމަށް ވުމާއެކު ޖުމްލައިގާ ހިމެނޭ މިބުނި ލަފުޒުތަކުން ދޭހަވާ މާނައާއި ޖުމްލައިން ދޭހަވާ މާނައާ ވަރަށް ބޮޑު ގުޅުމެއްވެއެވެ.

މީގެ ފަހުން ދިރިއުޅުމުގެ މައްޗަށް
ހިނގާނީ އަޅުގަނޑުގެ ބާރެވެ.
2.
އަޅުގަނޑުގެ މައްޗަށް މީގެ ފަހުން
ހިނގާނީ ދިރިއުޅުމުގެ ބާރެވެ.
މި
މިސާލުގައިވާ ދެ ޖުމްލައިގާވެސް ހިމެނިފައިވަނީ އެއްލަފުޒުތްކެކެވެ.
އެހެންނަމަވެސް ހާމަކޮށްދެނީ ތަފާތު ދެ މާނައެވެ. މިކަންމިހެން މިވަނީ
ޖުމްލަތަކުގައިވާ ލަފުޒުތަކުގެ އެތުރުން ބަދަލުވުމުންނެވެ. ވުމާއެކު
ޖުމްލައެއްގައިވާ ލަފުޒުތައް ތަރުތީބު ވެފައިވާ ގޮތަކީ މާނައަށް ވަރަށްބޮޑު
ބަދަލުތަކެއް ގެނުވާ ކަމެކެވެ. ސެމެންޓިކް
ނަޒަރަކުން
ވިސްނާއިރު ކޮންމެ ޖުމްލައެއްގައިވެސް ތަފާތު ތިންވައްތަރެއްގެ މާނަ އެކުލެވެއެވެ. އެއީ ބޭރުފުށުން
ފެންނަ ސިފަބަޔާންކުރާ ނުވަތަ ރެފަރެންޝަލް މާނައާއި އިޖްތިމާޢީ ނުވަތަ ސޯޝަލް މާނައާއި
ޖަޒުބާތީ ނުވަތަ އެފެކްޓިވް މާނައެވެ. އެހެންކަމަށް ވުމާއެކު އަންނަނިވި
ލިޔުންކޮޅުގައިވާ އެ ތިންވައްތަރުގެ މާނައަށް ބަލައިލާނަމެވެ.
''ސާރިޔާ ގެއަށް އާދެވުމާއެކު މަންމަ
ގާތުގައި އޭނަޔާ ސަލީމު އިންނަން ނިންމިކަމަށް ބުންޏެވެ. މިޚަބަރު އިސާހިތަކު
ބައްޕަގެ ކަންފަތަށް އެރިއެވެ. ދެނަކާ ދެނެއް ނެތެވެ. ހީވީ ގޭތެރެއަށް
ތޫފާނެއްއައި ހެންނެވެ. ''ތިޔައީ ބޮޑު ގޯހެއް.'' ބައްޕަ ސާރިޔާއާ ދިމާޔަށް
ނުރުހުމުގެ ކަޅިއެއް އެއްލަމުން ބުންޏެވެ. ބައްޕަ ސަލީމް ރަނގަޅަށް ދަންނަން.
ސާރިޔާއަކީ ސަލީމުގެ ދަރިއަކަށް ފުދޭހާ ހަގު ކުއްޖެއް. ދެމީހުން ގެ ޢުމުރު ސާދަ
ފަނަރަ އަހަރު ތަފާތުވާނެ. އަވަހަށް ތިކަން ހުއްޓާލާ. ބައްޕަމެން މާ ރަނގަޅު
މީހަކުވެސް ހޯދައި ދީފާނަނަށް. ''ހޯހޯ. އެއްފަހަރުން ފުދިއްޖެ. އަޅުގަނޑުގެ
ހުރިހާކަމެއް މީގެ ކުރިން ނިންމެވީ ބައްޕަ. އަޅުގަނޑު ލާނެ ހެދުމުގެ ވައްތަރާ
ކުލަޔަށް ދަންދެން ޚިޔާރު ކުރެއްވީ މަންމަޔާއި ބައްޕަ އަޅުގަނޑު އިންނާނެ
މީހަކުވެސް ޚިޔާރު ކުރެއްވީ ބައްޕަމެން. މިއަދާ ޖެހެންދެން އަޅުގަނޑުގެ ދިރިއުޅުން
ހަފުސްވެފާ އޮތީ ބައްޕަ ނުފޫޒުގެ ތެރޭގައި. މީގެ ފަހުން އަޅުގަނޑުގެ ދިރިއުޅުމުގެ
މައްޗަށް ހިނގާނީ އަޅުގަނޑުގެ ބާރު.'' ސާރިޔާގެ ލޮލުގައިވާ ރުޅިވެރިކަމާއި
މޫނުމަތީގައިވާ ސާބިތުކަން ފެނުމުން ބައްޕަ ހައިރާންވުމާއެކު މޮޅިވެރި ރާގަކަށް
ބުންޏެވެ. ''ބައްޕަމެން ދަރިފުޅު ދެކެ ލޯބިވޭ. ބައްޕަމެން ދަރިފުޅުގެ ކަންކަމަށް
ވެރިވެގެން އުޅުނީ ދަރިފުޅަށް ދެރަ އެއްވެސް ގޮތެއް ނޭދޭތީ. ބައްޕަމެންގެ
ހުރިހާވެސް އެދުމަކީ ދަރިފުޅަށް އުފާވެރި ކައިވެނީގެ ޙަޔާތެއް ލިބުން.''
''އަޅުގަނޑަށް ސަލީމާއެކު އުފާވެރި ޙަޔާތެއް ވޭތުކުރެވިދާނެ.'' ސާރިޔާ
ކަށަވަރުކޮށް ދިނެވެ. އިތުރު އިޢުތިރާޟެއްނެތި މަންމަޔާއި ބައްޕަ ހިތްހެކޮށް
ސާރިޔާގެ ކައިވެންޏަށް އިޒުނަ ދިނެވެ. އެރޭ ސާރިޔާ އަރާމުގައި ނިދީ އާފަތިހަކަށް
އިންތިޒާރު ކުރަމުންނެވެ. އާ ދިރިއުޅުމެއްގެ ފޮނި ހުވަފެން ދެކެމުންނެވެ. އިބްރާހީމް
ޙުސައިން މަނިކު (1988)''.
ސިފަބަޔާންކުރާ ނުވަތަ ރެފަރެންޝަލް މާނަ:
ސިފަބަޔާންކުރާ ނުވަތަ ރެފަރެންޝަލް މާނައަކީ ބުނާ ބުނުން ނުވަތަ ޖުމްލައިގެ ލަފުޒުތަކުން ފެންނަން އޮންނަ
މާނައެވެ. ޖުމްލަ އަދި ޖުމްލައިގާ ހިމެނޭ ލަފުޒުތަކުގައިވާ މަސައްކަތުގެ ތެރެއިން ނެގޭ މާނައެވެ. މިއީ ބޭރުފުށުން ފެނި ހާމަވާން އޮންނަ މާނައެވެ. ލިންގުއިސްޓިކް ޢިލްމުގެ
ތާރީޚްގައި ފާހަގަކޮށްލެވޭ ޢިލްމުވެރިއެއް ކަމުގައިވާ އެޑްވަރޑް ފިނެގަން (1999)
ބަޔާންކުރައްވައިފައިވާ ގޮތުގައި
އޮއްޓަރުގެ
ކޮންމެ ލަފުޒެއްގައިވެސް އެ ލަފުޒެއްގެ ބޭރުފުށުން ފެންނަން އޮންނަ މާނައެއް ނޫނީ ޝުޢޫރެއް ހާމަވާން އޮންނާނެއެވެ. ޖުމްލައަކުން ދޭހަވާ މިކަހަލަ މާނައަށް
"ބޭރުފުށުން ފެންނަ ޑިނޯޓިވް''
މާނައޭ
ވެސް ކިޔައިއުޅެއެވެ. ސިފަ ބަޔާންކުރާ ނުވަތަ
ރިފަރެންޝަލް މާނައޭ ކިޔަނީ މި ކަހަލަ މާނައަށެވެ. އެގޮތުން އަންނަނިވި މިސާލުތަކަށް ބަލައިލަމާތޯއެވެ؟
މިސާލު: 1. ސާރިޔާގެ މަންމަ ގާތުގައި އޭނާޔާ ސަލީމު
އިންނަން ނިންމިކަމަށް ބުނެފިއެވެ.
މިސާލު: 2. ސާރިޔާ އާއި ސަލީމު އިންނަން ނިންމިކަމަށް ބުނުމުން ސާރިޔާގެ ބައްޕަ ނުރުހުންވެ ''ތިޔައީ ބޮޑު ގޯހެއް'' ކަމަށް ބުނެފިއެވެ.
މިސާލު: 2. ސާރިޔާ އާއި ސަލީމު އިންނަން ނިންމިކަމަށް ބުނުމުން ސާރިޔާގެ ބައްޕަ ނުރުހުންވެ ''ތިޔައީ ބޮޑު ގޯހެއް'' ކަމަށް ބުނެފިއެވެ.
ފުރަތަމަ މިސާލުގައި އެވާ ޖުމްލަ އަޑު އިވުމާއެކު ދެމީހަކު
ކައިވެނި ކުރަން ނިންމި ކަމާއި، އަދި އެކަން ކޮމެހެން އެނގެންޖެހޭފަރާތަކަށްއެންގިކަންސާފުވެއެވެ.
ދެވަނަ މިސާލުގައި އެވާ ޖުމްލަ އަޑުއިވުމާއެކު އެއީ ޢާއިލާއެއްގެ ޒިންމާ ނަގާ އިސްފަރާތުން އެފަރާތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކަށް ދެރަގޮތެއް ވުމަށް ނޭދޭތީ، އެގޮތަށް ބުނުމުގެ އިޚްތިޔާރު ލިބިފައިވާ ފަރާތެއްކަން ސާފުވެއެވެ.
މިކަހަލަ ޖުމްލަތަކުން ދޭހަވަނީ ހަމައެކަނި ޖުމްލައިގެ ބޭރުފުށުން ފެންނަ އޮންނަ ސިފަ ބަޔާންކުރާ މާނައެވެ.

އިޖްތިމާޢީނުވަތަސޯޝަލްމާނަ:
އިޖްތިމާޢީ ނުވަތަ ސޯޝަލް މާނަ އަކީ އެބުނުމެއް ނުވަތަ ޖުމްލައަކުން އިޖުތިމާޢީ ޙާލަތެއް ނުވަތަ ނުވަތަ އިޖުތިމާޢީ މަޢުލޫމާތެއް އަންގައިދޭ މާނައެވެ. މުޖްތަމަޢުގެ އެކި ފަރުދުންގެ ވާހަކަދެއްކުމުގައި ބޭނުންކުރެވޭ ބަސްމަގުގެ ސަބަބުން ދޭހަވާ މާނައެވެ. މިއީ އިޖްތިމާޢީ އެކިކަހަލަ ސިފަތައް ބަޔާންކޮށްދިނުމުގެ މަޢުލޫމާތާއި ޙާލަތާއި ވަގުތުގައި ބަސް ބޭނުންކުރެވޭ ގޮތުގެ މާނަ ކަމަށް އާމިނަތު ޢަލީ (2001) ބަޔާންކުރައްވާފައި ވެއެވެ. މިކަހަލަ ކޮންމެ ބުނުމަކުން އެބުނުމެއް ބުނާ މީހެއްގެ ނުވަތަ ބައެއްގެ ފަންތިއާއި ގިންތިއާއި ދަރަޖައާއި ފެންވަރާއި ޖިންސާއި މަޤާމާއި ސަޤާފަތާއި އާދަކާދަ މި ކަންކަން ފަދަ އިޖްތިމާޢީ ޙާލަތު އަންގައިދޭނެ ކަމަށް އެޑްވަރޑް ފިނެގަން (1999) ބަޔާންކުރައްވައިފައި ވެއެވެ.އެހެންކަމުންއަންނަނިވިމިސާލުތަކަށްބަލައިލަމާތޯއެވެ؟
މިސާލު: 1. ސާރިޔާގެ ބައްޕަ ސާރިޔާއާ ދިމާއަށް ނުރުހުންވެ ބުންޏެވެ. ''ސާރިޔާއަކީ ސަލީމުގެ ދަރިއަކަށް ފުދޭހާ ހަގު ކުއްޖެއް، ދެމީހުންގެ ޢުމުރު ސާދަ ފަނަރަ އަހަރު ތަފާތުވާނެ، އަވަހަށް ތިޔަކަން ހުއްޓާލާށެވެ''

މިސާލު: 2. ސާރިޔާގެ ލޮލުގައިވާ ރުޅިވެރިކަމާއި
މޫނުމަތީގައިވާ ސާބިތުކަން ފެނުމުން ބައްޕަ ހައިރާންވުމާއެކު މޮޅިވެރި
ރާގަކަށްބުންޏެވެ.''ބައްޕަމެންދަރިފުޅުދެކެލޯބިވޭ''
މިސާލު: 3. އަޅުގަނޑަށް ސަލީމާއެކު އުފާވެރި ޙަޔާތެއް ވޭތުކުރެވިދާނެ ކަމަށް، ސާރިޔާ ކަށަވަރުކޮށް ދިނެވެ.
މިސާލު: 3. އަޅުގަނޑަށް ސަލީމާއެކު އުފާވެރި ޙަޔާތެއް ވޭތުކުރެވިދާނެ ކަމަށް، ސާރިޔާ ކަށަވަރުކޮށް ދިނެވެ.
ފުރަތަމަ
މިސާލުން،
އެ ވާހަކަދެއްކި މީހަކީ ސާރިޔާގެ ބައްޕަކަން ވަރަށް ސާފުކޮށް އެނގެއެވެ. މީގެ
އިތުރަށް ސާރިޔާ އާއި ސަލީމު ކުރަންއުޅޭ ކަމަކާއި ބައްޕަ ނުރުހޭކަން އެނގެއެވެ.
އަދި އެދެމީހުންނަކީ ޢުމުރުގެ ގޮތުން ވަރަށްބޮޑު ތަފާތުކަމެއް ހުރި ދެމީހުންކަމާއި
އެއީ މުޖުތަމަޢުގެ މަލާމާތް ލިބުމުގެ އިތުރުން އެދެމީހުންގެ ދިރިއުޅުމަށް ނޭދެވޭ
އަސަރުކޮށްފާނެ ކަމެއްކަމަށް ބެލެވެއެވެ. ދެވަނަ މިސާލުގައި، ސާރިޔާ ވާހަކަދެއްކީ ރުޅިވެރިކަމާއި ސާބިތުކަންމަތީގައި
ހުރެގެންކަން އެނގެއެވެ. އެއާއެކު ސާރިޔާގެ ބައްޕަ ހައިރާންކަމާއި މޮޅިވެރިކަމުގައި، ދަރިފުޅުދެކެ ލޯބިވާކަމަށް ބުނުމުން ކޮންމެ
ޙާލަތެއްގައިވެސް މައިން ބަފައިން ދަރިންދެކެ ލޯބިވާކަން އެނގެއެވެ. ތިންވަނަ މިސާލުން ދޭހަވަނީ ސާރިޔާ ސަލީމާއެކު އުފާވެރި
ޙަޔާތެއް އުޅެވޭނެކަން ކަށަވަރުކޮށް ދިންކަމާއި، އަދި ސާރިޔާ ކައިވެނި ކުރަން
ބޭނުންނަވީ އުފާވެރި ދިރިއުޅުމެއް ބޭނުންވާތީކަން އެނގެއެވެ. މި ބަޔާންކުރެވުނު ޖުމްލަތަކުން އެ
ބަސްބުނި މީހެއްގެ ނުވަތަ ބައެއްގެ
ފެންވަރާއި
ގިންތިއާއި ފަންތިއާއި ޙާލަތާއި ޖިންސް ފަދަ އިޖްތިމާޢީ ވަރަށް ގިނަ މަޢުލޫމާތު އެބަ އެނގެއެވެ.
ފަންތިއާއި ގިންތިއާއި ޖިންސާއި
ފެންވަރާއި
ޙާލަތަކީ އިޖްތިމާޢީ ކަންކަމާއި ޙާލަތެވެ. ވީމާ ބުނާ ބުނުމަކުން ނުވަތަ ޖުމްލައަކުން ދޭހަވާ މިފަދަ މާނަތަކަކީ އިޖްތިމާޢީ ނުވަތަ ސޯޝަލް މާނައެވެ.
ޖަޒުބާތީނުވަތައެފެކްޓިވްމާނަ:
މިއީ ވަކި ޙާލަތަކާއި ނުވަތަ ވަކި ކަހަލަ މަޢުލޫމާތަކާއި ބެހޭ ގޮތުން ބަސް ބޭނުންކުރާ މީހާގެ ހިތުގައިވާ ޝުޢޫރު، ދެކޭ ގޮތް އަދި އަމިއްލަ ޚިޔާލު އަންގައިދޭ މާނައެވެ. ނުވަތަ ޖުމްލައިގާ އެކުލެވިގެންވާ މާނަތަކުގެ ތެރެއިން ޖަޒުބާތީ ނުވަތަ އެފެކްޓިވް މާނައަކީ ވަކިކަހަލަ ޙާލަތަކާއި މަޢުލޫމާތަކާއި ގުޅޭގޮތުން ބަސް ބޭނުންކުރާ ފަރާތުގެ ހިތުގައިވާ ޚިޔާލާއި ޝުޢޫރާއި ޖަޒުބާތުތައް ދޭހަވާ މާނައެވެ. ނޫނީ އެބުނި ބުނުން ރައްދުވާ މީހާގެ ހިތުގައި އުފެދޭ ޖަޒުބާތާއި ޝުޢޫރު ހާމަކޮށްދޭ މާނައެވެ. ރާމިޒު ޢަލީ (2007) ބަޔާންކުރައްވާ ގޮތުގައި ޖަޒުބާތީ މާނައަކީ ބުނާ ބުނުމުން އެއިން އަސަރެއް އެކުލެވިގެންވާ، ނުވަތަ ބުނާ ގޮތުންނާއި ބުނާ ރާގުން ވާހަކަދައްކާ ފަރާތުން ކަމަކާމެދު ދެކޭ ގޮތް ނުވަތަ އަޑުއަހާ ފަރާތަށް އެ ވާހަކައަކުން ކުރާ އަސަރު ދޭހަވާ މާނައެވެ. ހަމައެހެންމެ އެޑްވާރޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި ޖަޒުބާތީ ނުވަތަ އެފެކްޓިވް މާނައަކީ ބުނާ ބުނުމަކުން އެ ވާހަކަދައްކާ މީހާގެ ޝޫޢޫރާއި ޖަޒުބާތާއި އަސަރާއި ބުނާ ޙާލަތު އަންގައިދޭ މާނައެވެ. އެހެންކަމުން އަންނަނި މިސާލުތަކަށް ބަލައިލަމާތޯއެވެ؟
މިސާލު: 1.ތިޔައީބޮޑުގޯހެއް!
މިސާލު: 2. އަވަހަށް ތިޔަކަން ހުއްޓާލާ!
މިސާލު: 3. ބައްޕަމެން ދަރިފުޅުދެކެ ވަރަށް ލޯބިވޭ.

މިސާލު: 4. އުފާވެރި ޙަޔާތެއް ވޭތުކުރެވިދާނެ.
މި 4 މިސާލުންކުރެ ފުރަތަމަ މިސާލުގައި އެވާ ބުނުމަކީ ނުރުހުންވުމުގެ ބުނުމެއްކަން އެބަދޭހަ ވެއެވެ. ދެވަނަ މިސާލުގައި އެވަނީ ރުޅިވެރިކަމުގެ ޝުޢޫރު އިންތިހާއަށް ގޮސްފައިވާކަން ދޭހަވާ ބުނުމެކެވެ. ތިންވަނަ މިސާލުގައި އެވަނީ ލޯތްބާއި ކުލުނުވެރިކަމުގެ ޝުޢޫރު އިންތިހާއަށް ހާމާކޮށްދޭ ބުނުމެކެވެ. ހަތަރުވަނަ މިސާލުގައި އެވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ޝުޢޫރު ހާމަކޮށްދޭ ބުނުމެކެވެ. އަދި އިތުރަށް މި ޖަޒުބާތު ހާމަވާނީ އެ ބުނުމެއް ބުނާ ރާގަކުންނެވެ. ފަހުން މި ހާމަކުރި ދެ ބާވަތުގެ މާނައަށް (އިޖްތިމާޢީ ނުވަތަ ސޯޝަލް މާނައާއި ޖަޒުބާތީ ނުވަތަ އެފެކްޓިވް މާނައަށް) ބަސްވާރުން ނުވަތަ ލިންގުއިސްޓުން ޙަޤީޤީ މާނަ ކަމުގައި ވިދާޅުވެފައި ހުރެއެވެ. އެއީ ބުނާ ބުނުމެއްގެ ޙަޤީޤީ މާނައަކީ މިއީ ކަމަށް ވާތީއެވެ. މިކަހަލަ ކޮންމެ ބުނުމަކުން ވެސް އެ ބުނުމެއްގެ ފުރިހަމަ ޖަޒުބާތާއި އަސަރު އެންމެ ފުރިހަމައަށް ހާމަވާނީ އެ ބުނާ ބުނުމެއް ދުލުން ފާޅުކުރާ ރާގާއި އަޑާއި އަސަރުގެ މައްޗަށް ބިނާކޮށްގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ބުނާ ބުނުމަކުން ޙާލަތާއި ޝުޢޫރާއި ޖަޒްބާތު އަދި ދެކޭގޮތާއި، ޙަރަކާތް ގެންގުޅޭ ގޮތް އަންގައިދިނުމަށް މަސައްކަތްކުރަނީ ހަމައެކަނި ބޭނުންކުރެވޭ ލަފުޒުތައް އެކަންޏެއް ނޫނެވެ. ވާހަކަދައްކާ ގޮތާއި ރާގާއި އަޑުގެ ދެމުންތަކުން ވެސް އެބުނާ ބުނުމެއްގެ މާނައަށް ބަދަލުތަކެއް އަންނާނެއެވެ. ޖުމްލައިގާ އެކުލެވޭ މާނައާއި ޖަޒުބާތު ހާމަކޮށްދިނުމުގައި "ރާގު" ވެސް މުހިއްމު ދައުރެއް އަދާކުރާކަމަށް ޤަބޫލު ކުރާންޖެހެއެވެ.

ނިންމުން:
"ސެމެންޓިކްސް''
އަކީ އެންމެހައި
އިންސާނުން ވާހަކަދައްކައި އުޅޭ ބަސްބަހުގައި އެކުލެވޭ ލަފުޒުތަކާއި ބަސްތަކާއި ޖުމްލަތަކުގެ މާނަ ދިރާސާކޮށް ދެނެގަތުމުގެ ޢިލްމެވެ. މި ޢިލްމުގައި ބަލާނީ ބަހެއްގެ
ލަފުޒުތަކާއި ޖުމްލަތަކުގައި
އެކުލެވިގެންވާ މާނަ ދެނެގަތުމުގެ މައްޗަށެވެ. ޖުމްލައިގާ އެކުލެވިގެންވާ ލަފުޒުގެ ދައުރަށް ބަލާއިރު ހުންނަނީ އަމިއްލަ ޒާތުގައި މާނަދޭހަވާ
ލަފުޒުތަކާއި، އެހެން ލަފުޒުތަކާ
ގުޅިގެން މާނަ ދޭހަވާ ގޮތަށް ހުންނަ ލަފުޒު ތަކެވެ. ޖުމްލައިގާ ހިމެނޭ ލަފުޒުތަކުގެ
މެދުގައި މާނައިގެ
ގޮތުން ޚާއްޞަ ގުޅުމެއް ވެއެވެ. އެގޮތުން ޖުމްލައިގާ ލަފުޒު އަދާކުރާ ދައުރަކީ
މާނަ ދެނެގަތުމައި މުހިއްމު ދައުރެކެވެ. ލަފުޒުތަކާއި ޖުމްލަތަކުގެ މާނައިގެ ތެރޭގައި ސިފަ ބަޔާންކުރާ މާނަ
ނުވަތަ ރިފަރެންޝަލް މާނަ އާއި، އިޖްތިމާޢީ
މާނަ ނުވަތަ ސޯޝަލް މާނަ އާއި، ޖަޒްބާތީ
މާނަ ނުވަތަ
އެފެކްޓިވް މާނަ ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްވެސް ތަފާތު ބައިތަކަކަށް
ބެހިފައިވެއެވެ. މި ހުރިހާ ބައިތަކަކީވެސް ބަހުގައި އެކުލެވޭ ޖުމްލައާއި
ޖުމްލައިގާ ހިމެނޭ ލަފުޒުތަކުގެ
މާނަ ދިރާސާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައިތަކެކެވެ. މި ހުރިހައި ބާވަތެއްވެސް ހިމެނެނީ ސެމެންޓިކްސްގެ ތެރޭގައެވެ. ''ސެމެންޓިކްސް'' އަކީ
ބަހަވީ ޢިލްމުގެ އެކިއެކި ބައިތަކުގެ ތެރެއިން މާނަ ދިރާސާ ކުރުމާ ބެހޭ ޢިލްމު ކަމަށް ބަސްވާރުން، ލިންގުއިސްޓުން އެއްބަސްވެވަޑައިގަންނަވައެވެ. އެހެންކަމުން ''ސެމެންޓިކްސް'' އާއި
ބެހޭގޮތުން ބުނެވޭނީ މިއީ ލިންގުއިސްޓިކް ޢިލްމު ބެހިގެންވާ މުހިންމު ބައިތަކުގެ ތެރެއިން މާނަ ދިރާސާކުރުމުގެ މުހިއްމު އެއްބައި ކަމާއި އިންސާނުން ވާހަކަދައްކައިއުޅޭ
ބަސްތައް ދިރާސާކުރުމާ ބެހޭ ޢިލްމު ކަމުގައެވެ.
No comments:
Post a Comment