ދިވެހި ލިޔުމުގެ ތާރީޚާއި
ލިޔުމަށް އައިސްފައިވަ ބަދަލުތައް
ދިވެހިރާއްޖޭގެ އެންމެ އިހުގެ ލިޔުމަކަށް ފެނުނީ،
ހައްދުންމަތީ ލޯމާފާނުގައި ލިޔެފައިވާ ލިޔުމެވެ. އެ ލިޔެފައިވާ އަކުރަށް
މިހާރުވެސް ކިޔައިއުޅެނީ، "އެވޭލާ އަކުރު" މިހެންނެވެ. މިއީ، ސިލޯނުގެ
މުސްކުޅި ހިލަ ތަނބުތަކާއި، އެއްޗެހި ލިއުމަށް ޚާއްޞަކޮށްފައި ހުންނަ ހިލަހިލައާއި،
އަދި ބައެއް ފަރުބަދައިގެ ގާގަލުގައި ލިޔެފައިހުރި މެދު ޒަމާނުގެ ސިންގަޅަ
އަކުރާއި ވަރަށްވެސް އެއްގޮތް އަކުރެކެވެ. މިބުނި ހައްދުންމަތީ ލޯމާފާނު
ލިޔެފައިވަނީ، 1195 މ. އިން 1196 މ. އާ ދެމެދުގަ އެވެ. ވީއިރު އެ ލިޔެފައިވަނީ،
ރާއްޖެ އިސްލާމްވިތާ 42 އަހަރު ފަހުންނެވެ.
ދެވަނައަށް ފެނުނު އެންމެ މުސްކުޅި ލިޔުމަކީ، މާލޭ
އެތެރެކޮއިލު ލޯމާފާނެވެ. އެ ލިޔެފައިވަނީ، ކުރީގައި ބަޔާންކުރި ހައްދުންމަތީ
ލޯމާފާނަށްވުރެ އެއް އަހަރު ފަހުންނެވެ. އެ ވެސް ލިޔެފައިވަނީ އެވޭލާ
އަކުރުންނެވެ.
ތިންވަނައަށް ފެނުމު އެންމެ އިހުގެ ލިއުމަކީ، ހައްދުންމަތީ
ދެވަނަ ލޯމާފާނެވެ. މި ލޯމާފާނު ލިޔެފައިވަނީ 1238 މ. އިން 1239 މ. އަށެވެ. އެއީ
ވެސް އެވޭލާ އަކުރެވެ.
މިއާވިދިގެން ފެންނާން އޮތް މުސްކުޅި ލިޔުމަކީ، މާލޭ
ބޮޑުގަލު މިސްކިތު ލޯމާފާނެވެ. މި ލިޔެފައިވަނީ، 1356 މ. އިން 1357 މ. އަށެވެ. މި
ލޯމާފާނުގެ ހުރިހައި ގަނޑެއްމެ ލިޔެފައިހުރީ، ދިވެސް އަކުރުންނެވެ. މި އަކުރަކީ،
ދިވެހިރާއްޖޭގައި ދެވަނަޔަށް ބޭނުންކުރެވުނު އަކުރެވެ. މި އަކުރުގެ އެންމެ
ފުރަތަމަ ލިޔުމަކަށް ފެންނާން އޮތީ މިބުނި ލޯމާފާނެވެ. މި ލިޔުން ލިޔެފައިވަނީ،
ރާއްޖެ އިސްލާމްވިތާ 204 އަހަރު ފަހުންނެވެ. (އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގެ 179
ވަނަ ޞަފުޙާ ބައްލަވާށެވެ)
ތާނަ އަކުރު ހެދިފައިވަނީ ޢަރަބި އަކައިގެ 9 އަކުރާއި،
ލިޓްސިންގަޅައިގެ ވިޔައަކުރުގެ 9 އަކުރާއި، އަދި ސެމިޓިކް އަކުރުގެ ނުވަތަ
އެހެންވެސް ބޭރު ބަހެއްގެ 6 އަކުރުންނެވެ.
މުޙައްމަދު
ރަފީޢު (ކަލައިދޫ)
No comments:
Post a Comment