ރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާމެދު ދެކެވޭ ވާހަކައިގެ މައްޗަށް
ބަލައިލުން.
ދިވެހިރާއްޖެ އިސްލާމްވީ ތާރީޚަކީ: ރަބީޢުލްއާޚިރު 548 ގައެވެ.
" أَسْلَمَ السُّلْطَانُ أَحْمَد
شَنِوِرَازَة عَلَى يَدِ أَبُواْلبَرَكَاتُ اْلبَرْبَرِي اْلمَغْرِبِي މިފަދައިން މާލޭ ހުކުރު މިސްކިތު މިޙުރާބުގޭގައި، ވަކަރުގައި ބިންވަޅުނަގައި، ލިޔެފައި ހުއްޓައި
އަހަރެން ކިޔާވެސް ހެދީމެވެ".
މާތްވެގެންވާ އިސްލާމްދީނަށް
ވެދެވަޑައިގަތުމަށް، ދަރުމަވަންތަ ރަސްގެފާނަށް ގޮވާލެއްވީ ކޮންބޭކަލެކަން
މަތީގައި ބަޔާންކޮށްފައިވާ ޢިބާރަތަށް ރިޢާޔަތްކޮށް ދޫދޫ މަތިން
ކިޔެމުން އައިސްފައިވަނީ، ރާއްޖެއިސްލާމް ކުރެއްވީ "ތަބްރޭޒީގެ ފާނު"
ކަމުގައެވެ. ނަމަވެސް، އަލްއަމީރު މުޙައްމަދު އަމީންގެ ތާރީޚުފޮތް
ނެރުއްވުމަށްފަހު، އަދި އެވެރިކަމުން ފަށައިގެން، އެބޭކަލަކީ
"ބަރުބަރީގެފާނު" ކަމަށްވެއްޖެއެވެ.. ޒަމާނުއްސުރެ
ރާއްޖޭގެ މީހުން މެދުޒިޔާރަތަށް ފާތިޙާ ކިޔަވާއިރު، ކިޔަވަނީ ތަބްރޭޒީގެ ފާނަށެވެ.
ރާއްޖޭގެ މީހުން ބަލައި އުޅުނު ގޮތުގައި، ރާއްޖެ އިސްލާމް ކުރައްވައި، އޭރުހުރި
ރާޖާއަށް ދީނަށް ގޮވައިލެއްވީ، އަދި މެދުޒިޔާރަތުގައި ވަޅުލެވިފައިވަނީ އަދި،
ކެންދޫގައި ހުންނަ މަޤާމުގެ ވެރިޔަކީ، ތަބްރޭޒީގެ ފާނެވެ.
ރަސްމީ ގޮތުން ގަބޫލުކުރަނީ، މުޙައްމަދު އަމީންގެ ފަލްސަފާއެވެ.. މުޙައްމަދު އަމީނު ބުރަވަނީ، އިބްނު ބަޠޫޠާގެ ތާރީޚުގެ
މައްޗަށެވެ. އެތާރީޚު ފޮތަކީ އިބްނު ބަޠޫޠާ ރާއްޖެ ދޫކޮށް ރަށަށްގޮސް، އަދި ދުނިޔެ
ދޫކުރިތާވެސް އެތައް އަހަރެއްގެ ފަހުން، އޭނާގެ ދަރިވަރު މުޙައްމަދު ބުނުލް
ޖަޒުޔު، ބަޠޫޠާގެ ހަނދާންތަކުގެ މައްޗަށް ބުރަވެ ލިޔެފައިވާ ފޮތެކެވެ. އެފޮތުގައި،
ރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްގެފާނުގެ ނަންފުޅުވެސް ވަނީ އޮޅުވާލައިފައެވެ.

ދިވެހިރާއްޖޭގެ
ތާރީޚު ލިޔުއްވި ޙަސަން ތާޖުއްދީން ފަނޑިޔާރުކަލޭފާނު ލިޔުއްވާފައިވަނީ:
"މައުލާނައްޝައިޚު ޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީ ދިވެހިރާއްޖެއަށް
ވަޑައިގަތުމަށް ކުރިމަތިލައްވައި، އޭނާގެ ރަށް ތަބްރީޒުން
ގެއްލިވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއިން ފާޅުވެއްޖެއެވެ.".... "އަދި
މިމުޙައްމަދު ރަސްގެފާނާއި އަރިހުބޭކަލުން، ޝައިޚުޔޫސުފު ޝަމްސުއްދީނުއް ތަބްރޭޒީގެ
އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގެންފިއެވެ.“
އީރާނުގައި
"ތަބްރޭޒު" ނުވަތަ "ތަބްރީޒު" ކިޔާ ރަށެއް އޮވެއެވެ. އެދުވަސްވަރު "ތަބްރީޒް" ކިޔާ ބޭކަލުން
އިންޑިޔާގައި އުޅުއްވިކަމަށްވެއެވެ. ސިލޯނުގެ
ބޭރުވެލީގެ މުސްކުޅި ނަމަކީ "ބަރުބަރީން" އެވެ.
ރާއްޖެ
އިސްލާމްވުމަށްފަހު، ފުރަތަމަ ޢިމާރާތްކުރި މިސްކިތް (މިހާރުގެވެސް ހުކުރު
މިސްކިތް) ބާވެގެން މީލާދީ 1338 ވަނައަހަރު، އަޙްމަދު ޝިހާބުއްދީން ރަދުން
އެމިސްކިތް މަރާމާތު ކުރުމަށްފަހު، މިޙުރާބުގޭގައި ތާރީޚީ ފިލައެއް
ބެހެއްޓެވިއެވެ. (އިބްނު ބަޠޫޠާއަށް ފެނުނީ އެފިލައެވެ.) އެފިލާގައިވެއެވެ. "ވަވަޞްލި ފީ ހާޛަލް ބަލަދި އަބުލް ބަރަކާތު ޔޫސުފުލް
ބަރުބަރީ ވައަސްލަމުއްސުލްޠާން ޢަލާ ޔަދިހީ...." މާނައަކީ
"އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ މިރަށަށް ވާޞިލް ވެއްޖެއެވެ. އަދި އޭނާގެ
އަތްމައްޗަށް ރަސްގެފާނު އިސްލާމްވީ...." މިޢިބާރާތުގައި މިއޮތް "އަބުލްބަރަކާތު
ޔޫސުފުލް ބަރުބަރީ" ލިޔެފައިވަނީ ޢަރަބީންނެވެ. ނުކުތާއެއް ތަޝްދީދެއް
ފިއްޔެއް ނެތިއެވެ. އެހެން ވީމާ، އިބްނު ބަޠޫޠާއަކީ މަޣުރިބުގެ މީހަކަށްވާތީ
އެގޮތަށް ކިޔުނީއެވެ. "އަބުލްބަރަކާތު" ޢަރަބިން ލިޔުނީމާ، ނުކުތާޔާ
ތަޝްދީދާ ފިލި ނެތްނަމަ "އައްރިކާބު" ކިޔޭނެއެވެ.
"އަލްބަރުބަރީ" ނުކުތާޔާ ތަޝްދީދާ ފިލި ނުޖަހާ އޮންނައިރު
"އައްތަބް ރީޒީ" ކިޔޭނެއެވެ. މައްސަލައަކީ މިއެވެ. (މިފިލާ
ދާރުލްއާޘާރުގައި އެބައޮތެވެ.)
ޝިހާބުއްދީން އާކުރެއްވި މާލޭ މިސްކިތް ބާވެގެން މިހާރު އެހެރަ ގޮތަށް،
އިސްކަންދަރު ރަސްގެފާނު، މީލާދީން 1658 ގައި ހުކުރު މިސްކިތް ޢިމާރާތް
ކުރެއްވުމަށްފަހު، މިޙުރާބުގޭގެ ދޮރުގެ ވާތްފަރާތުގައި ފިލައެއް
ބަހައްޓަވާފައިވެއެވެ. މިފިލާގައިވެސް "ވަވަޞްލީ ފީ ހާޛަލްބަލަދި
އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ވައަސްލަމުއްސުލްޠާނު ޢަލާ ޔަދިހީ...." މިޢިބާރާތް ލިޔެފައިވެއެވެ. މިޢިބާރާތް ލިޔެފައިވާއިރު، އެފިލާގައި ފިއްޔެއް ތަޝްދީދެއް ނުކުތާއެއް ނެތެވެ. އޮތީ
"ބަރުބަރީ" ނުވަތަ "ތަބްރީޒީ" އޮންނަ ތަނުގައި އޮތް
ދެނުކުތާއެވެ. އެއީ "ތަބްރީޒީ"ގެ ތާގެ ދެނުކުތާ ކަމަށްވެސް، "ބަރުބަރީގެ" ޔާގެ ދެނުކުތާކަމަށްވެސް ވެދާނެއެވެ. މިޢިބާރާތް "އަބުއްރިކާބު ޔޫސުފުއްތަބްރީޒީ" މިހެންވެސް ކިއިދާނެއެވެ. މިހާރު
އެހެރަ މިސްކިތުގެ މެދުބައިގެ އުތުރު ފަރާތު ލިޔާފިލާ (ނުވަތަ ބުޅާފިލާ) ގައި،
ވަރަށް ރީތިކޮށް "ވަހާޛައް ޝައިޚު އަބުއްރިކާބު ޔޫސުފުއް ތަބްރީޒީ"
މިހެން (ޢަރަބިން) ލިޔެފައި އެބައޮތެވެ. މިލިޔުމުގައި "ޝައިޚު" ގެ ޝީނުގައި ތިންނުކުތާ
"އަބޫ" ގެ ބާތިރީއެއްނުކުތާ "އައްރިކާބު" ގެ ރާގައި ތަޝްދީދާއި އިބިފިލި، ޔޫސުފުގެ
ޔާގައި ދެނުކުތާ، "އައްތަބްރީޒީ"ގެ ތާމަތީ ދެނުކުތާ، ތަޝްދީދާއި
އަބަފިލި، އަދި ބާގެ ތިރީއެއް ނުކުތާ، އަދި ދެޔާގައިވެސް ތިރީ ނުކުތާ، ޒާލުގެ ނުކުތާއާއި
ތިރީ ފިލި އެބައޮތެވެ.
No comments:
Post a Comment