ހަނދާއި އިރާއި ގުޅިގެން ދުނިޔޭގެ ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކޭގޮތް
ރެއަކާއި ދުވާލުގެ ތެރޭގައި
ކަނޑުގެ ލޮނުގަނޑު އުފުލި ތިރި ވުމަކީ ދިޔަވަރުގެ ޙަރަކާތެވެ. ދިޔަވަރަށް
މައިގަނޑު އަސަރުކުރަނީ ހަނދުގެ ދަމާބާރާއި އަދި އެއަށްވުރެ ކުޑަމިންވަރަކަށް އިރުގެ
ދަމާ ބާރު (އިރު ހަނދުގެ ޖާޒްބިއްޔަތުން) އެކުވެގެންނެވެ. އެހެންކަމުން ހަނދާއި
އިރުގެ ޙަރަކާތުގެ ސަބަބުން ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކެއެވެ. އާދަކޮށް ރެއަކާއި
ދުވާލެއްގެ ތެރޭގައި، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދެފަހަރަށް ދިޔަވަރު ބޮޑުވެ
ދެފަހަރަށް ދިޔަވަރު ހިކެއެވެ.
އެންމެ ބޮޑަށް ދިޔަވަރު
ބޮޑުވުމުގެ އަސަރު ފެންނަނީ ދުނިޔޭގެ ނިސްބަތުގައި ހަނދާއި އިރު އެއްރޮނގަކަށް
ނުވަތަ އެއް މިޞްރާބަކަށް ސީދާވުމުންނެވެ. މިގޮތަށް އިރު، ހަނދު، ދުނިޔެ މިތިނެތި
އެއްރޮގެއްގެ މައްޗަށް އައުމުން (މިގޮތަށް އިރު، ހަނދު، ދުނިޔެ އެއްރޮނގަކަށް އަންނަނީ ކޮންމެ ހަނދުމަހެއްގެ ފެށުމާއި
ނިމުމާއި ގުޅިފައިވާ ދެތިން ދުވަހު)
ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް އުފުލެއެވެ. މިގޮތަށް ދިޔަވަރު އުފުލުނީމާ
އޮންނާނީ އެންމެ ބޮޑު ދިޔަވަރު 'ދަންބޮޑުދިޔަވަރު' ނުވަތަ Spring tide ސްޕްރިނގް ޓައިޑް އެވެ.
އެންމެބޮޑަށް ދިޔަވަރު ހިކެނީ
އިރު ހަނދު ވަޑިފަތިވާގޮތަށް ހުރުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ހަނދާއި
ދުނިޔެ އާއި އިރު ދުނިޔޭގެ ނިސްބަތުން ވަޑިފަތިވާ ގޮތަށް އައުމުން ދިޔަވަރަށް
ކުރުވާ އަސަރުކުޑައެވެ. އެހެންކަމުން މިދުވަސްވަރު ލިބޭ ދިޔަވަރަކީ އެންމެ ހިކި
ދިޔަވަރު ނުވަތަ Neap tide ނީޕް ޓައިޑް އެވެ.
މިދުވަސްވަރަކީ ހަނދު ފުރިހަމަވަވުމަށްޓަކާ ބޮޑުވަމުން އަންނަ ދުވަސްވަރާއި ހަނދު
ފުރިހަމަވުމަށްފަހު ކުޑަވަމުންދާ ދުވަސްވަރެވެ. (ހަނދުމަހުގެ ފުރަތަމަ ފަނަރައިގެ
މެދުތެރެއާއި، ހނދުމަހުގެ ފަހު ފަނަރައިގެ
މެދުތެރެއެވެ.)
No comments:
Post a Comment