ދުނިޔޭގައި ޙަޟާރަތްތައް އުފެދުމަށް މަގުފަހިވެގެން ދިޔަ ގޮތުގެ ޚްލާޞާއެއް
ސްޓޯން
އޭޖްގެ ދުވަސްވަރުއުޅުނު މީހުން، ދިރިއުޅުނީ ޝިކާރަކޮށްގެން ހޯދާ ތަކެއްޗާއި،
ގަސްގަހުގައި އަޅާތަކެތި ކައިގެންނެވެ. މިފަދައިން އުޅުނު ޒަމާން، ކާބޯތަކެތި
ހައްދައިގެން އުޅުނު ޒަމާނަށް ބަދަލުވުމަށް ފަހު، ދެން އައީ ދަނޑުގޮވާން ކުރާނެ
ގޮތްތައް ހޯދައި ދަސްކޮށް، އެކި ވައްތަރުގެ މޭވާ އަޅާ ގަސްގަހާއި ބާވަތްބާވަތުގެ
ގޮވާން ހައްދަން ފެށި ދުވަސްވަރެވެ. އެހެންކަމާ އެކުގައި، އެ މީހުން ހައްދާ ގޮވާން
ފަދަ ތަކެތި އަންނަންއޮތް ދުވަސްވަރަށް ރައްކާކުރާ ބަނޑަހަގެތައް ހަދާ
އެތަންތާގައި ބަހައްޓަން ފެށި އެވެ. އަދި އެއް ތަނެއްގައި ދާއިމީ ގޮތަކަށް
ދިރިއުޅޭނެ ގޭގެ އެޅުމާއި، މިފަދަ ގެތައް، އެއްގެ އަނެއްގެއާ ކައިރިކައިރީގާއަޅާ، އެ މީހުންގެ ޖަމާޢަތްތަކުގެ ބޮޑުން ވެރިންގެ ގޮތުގައި ތިބެގެން ރަށްރަށް
އުފެދި އެރަށްރަށް ބޮޑުވާން ފެށިއެވެ. މި ތަންތާނގައި އެކި މަސައްކަތް ކުރާ
ހުނަރުވެރި މަސައްކަތްތެރިން އުފެދި ދިރިއުޅުމަށް ބޭނުންވާ ކަންކަން ފަސޭހައިން ކުރާނޭގޮތައް
ހޯދަމުން ދިޔައެވެ.
ދިރިއުޅުމުގެ ކަންތައްތައް ކުރިއެރުމާއި ގުޅިގެން އެއްރަށުގެ އަހުލުވެރިން
އަނެއްރަށުގެ އަހުލުވެރިންނާ އެކު ވިޔަފާރި ކުރަން ފެށިއެވެ. މިފަދަ ގުޅުންތަކުން
ވަށައިގެންވާ ސަރަޙައްދުތަކުގައި ޝަހަރެއް އުފެދުނެވެ. ޢާއްމުގޮތެއްގައި މިފަދަ ދިރިއުޅުން
ފެށިފައިވަނީ ކޯރުތަކުގެ ވާދީތަކާއި
ކޯރުތަކުގެ އައްސޭރިއާއި މާދުރުނޫން ހިސާބުތަކުގައެވެ. މިގޮތުން އެންމެ ފުރަތަމަ
އިންސާނުން ދިރިއުޅެން ފަށާފައިވާ ސަރަޙައްދުތަކުގައިވާ ކޯރުތަކަކީ ނީލަކޯރު،
ޔުފްރޭޓްސް، ޓައިގްރިސް، އިންޑަސް، އަދި ހުވެންގހޯ ފަދަ ކޯރުތަކެވެ.
No comments:
Post a Comment